އެމްއެންޔޫ މެރިޓައިމް ސާވައިލަން ސެންޓަރުގެ މަސައްކަތް ކުރިޔަށް ދަނީ

އެމް.އެން.ޔޫ.ގެ މެރިޓައިމް ސަރވައިވަލް ސެންޓަރ ހެދުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެކުންފުނިން ބުނީ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލް ...

24 Oct 2022 | 03:24

އެމް.އެން.ޔޫ.ގެ މެރިޓައިމް ސަރވައިވަލް ސެންޓަރ ހެދުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެކުންފުނިން ބުނީ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލް ކުރުމުގެ މަސައްކަތްމިދިޔަ ހުކުރު ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 1،200 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލިއެޅުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 62.25 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުު ތޮށި ލުމާއި، ރޭމްޕެއް އެޅުމުގެ މަސައްކަތާއި މޫރިިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މިއީ 4.59 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް