ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖެއަށް ވިއްސާރަކުރާނެ، ދެކުނަށް ކެރީގެ އަސަރު ފޯރާނެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެއަށް ވިއްސާރަކުރާނެކަމަށާއި ދެކުނަށްވެސް ކެރީގެ އަސަރު ފޯރާނެކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިނ...

24 Oct 2022 | 03:08

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެއަށް ވިއްސާރަކުރާނެކަމަށާއި ދެކުނަށްވެސް ކެރީގެ އަސަރު ފޯރާނެކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ. ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ މެދުރާއްޖޭގެ ސަރަހައްދުގައި ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދު އަދި އުތުރާއި ދެކުނގައި ތިން ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް