ކޭއެފްސީގެ ރަސްމީ އެކައުންޓުން ފޮލޯ ކުރަނީ އެންމެ 11 މީހުން ! މިވެސް ބޮޑު ސިއްރެއް !

ކޭއެފްސީއޭ ބުނުމުން ކުޅުދިޔާ ނުވާނެ ދިވެއްސަކުވެސް މަދުވާނެ އެވެ. އެއީ ކޭއެފްސީއަކީ އެންމެންވެސް ދަންނަ ތަފާތު ރަހައެއް އެކުލެވޭ ބްރޭންޑަކަށް ވާތީ އެވެ. 1930 ވަނަ އަހަރުން ފެށިގެން މިހާތަނަށްވެސް ކޭއެ...

24 Oct 2017 | 05:08

ކޭއެފްސީއޭ ބުނުމުން ކުޅުދިޔާ ނުވާނެ ދިވެއްސަކުވެސް މަދުވާނެ އެވެ. އެއީ ކޭއެފްސީއަކީ އެންމެންވެސް ދަންނަ ތަފާތު ރަހައެއް އެކުލެވޭ ބްރޭންޑަކަށް ވާތީ އެވެ.

1930 ވަނަ އަހަރުން ފެށިގެން މިހާތަނަށްވެސް ކޭއެފްސީގެ ރެސިޕީ އޮންނަނީ ސިއްރެއްގެ ގޮތުގައި އެވެ. ދޭތެރެ ދޭތެރެއިން އެ ރެސިޕީއާއި ބެހޭގޮތުން ކޮންމެވެސް ހަބަރެއް ފެންމަތި ވެ އެވެ. ނަމަވެސް މިފަހަރު މިއޮތީ ތަފާތު ހަބަރެކެވެ. ކޭއެފްސީގެ ރަސްމީ އެކައުންޓުން ފޮލޯ ކޮށްފައިވަނީ ހަމަ އެންމެ 11 މީހުން ކަމާއި އެ 11 މީހުންގެ ނަމުގައި އެއްގޮތްކަމެއް ހިމެނޭ ކަމެވެ.

https://twitter.com/edgette22/status/921103567771131904

އެގޮތުން އެ 11 މީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ މަޝްހޫރު ޕޮޕް ބޭންޑް ސްޕައިސް ގާލްސްގެ ފަސް މެމްބަރުންނާއި ނަމުގެ ކުރިއަށް "ހާބް" މި ނަން އަންނަ ހަ މީހެކެވެ.

މިކަން ފެންމަތިވެފައިވާއިރު ބައެއް މީހުން ބުނަމުން އަންނަނީ މިއީ ކޭއެފްސީ ސީކްރެޓް ރެސިޕީއަށް ދީފައިވާ ހިންޓެއް ކަމަށެވެ. އެގޮތުން ކޭއެފްސީގެ ރެސިޕީގައި ހިމެނެނީ ފަސް ސްޕައިސް އަކާއި ހަ ހާބެއް ކަމުގައި ބައެއް މީހުން މިހާރު އަންނަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް