ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މަޑުއްވަރީއަށް ވަޑައިގެން، މަޑުއްވަރީ ނަރުދަމާގެ ޚިދުމަތް ފަށްޓަވާދެއްވުމާއި، ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފައިނަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަދު ހަވީރު މީދޫއަށް ވަޑައިގެން އެރަށުގައި ބިނާކުރެވިފައިވާ މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މީދޫގެ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ފެށްޓެވުމަށްފަހު، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައި ކަމުގައި ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް