ފޭރުމުގެ މައްސަލައެއްގައި ދެ ޒުވާނަކު ހޯދަން ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ މަތީގައިވާ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ މީހުން ކަމަށެވެ.
މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް