ދަންވަރު ވަގުތު ފަލަސްތީނު ގެތަކަށް އިޒްރޭލު ސިފައިން ވަދެ 51 މީހަކު ހައްޔަރު ކޮށްފި

ރޭގެ ދަންވަރުގެ ވަގުތެއްގައި ފަލަސްތީނުގެ އިރުމަތީ އޫރު ސަލީމްގެ ގެތަކަކަށް އިޒްރޭލު ސިފައިން ވަދެ 51 މީހަކު ހައްޔަރު ކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފަހަކަށް އައިސް ކުރިއަށްދިޔަ ބައެއް މު...

24 Oct 2017 | 03:34

ރޭގެ ދަންވަރުގެ ވަގުތެއްގައި ފަލަސްތީނުގެ އިރުމަތީ އޫރު ސަލީމްގެ ގެތަކަކަށް އިޒްރޭލު ސިފައިން ވަދެ 51 މީހަކު ހައްޔަރު ކޮށްފި އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ފަހަކަށް އައިސް ކުރިއަށްދިޔަ ބައެއް މުޒާހަރާތަކާއި އަޑުއުފުލުންތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގަ އެވެ.

ހައްޔަރުކުރި އެންމެންވެސް މިއައުގެ ވަގުތެއްގައި ކޯޓަށް ގެންދާނެ ކަމަށް އިޒްރޭލުން ބުނެފައިވާއިރު ހަައްޔަރުކޮށްފައިވާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ޒުވާނުންނެވެ.

މި ފަހަކަށް އައިސް ފަލަސްތީނުގެ ރައްޔިތުން އަޑުއުފުލަމުން ގެންދަނީ އަދި މުޒާހަރާތައް ކުރަމުންދަނީ އިޒްރޭލުން ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވާ މައްސަލައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް