"ގޯލްޑަން ބޯއީ އެވޯޑް" އެމްބާޕޭ އަށް

ޔޫރަޕުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ޝަރަފުވެރި "ގޯލްޑަން ބޯއީ އެވޯޑް" އެމްބާޕޭ ކާމިޔާބު ކޮށްފިއެވެ. މި ސީޒަނުގައި މިހާތަނ...

24 Oct 2017 | 00:41

ޔޫރަޕުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ޝަރަފުވެރި "ގޯލްޑަން ބޯއީ އެވޯޑް" އެމްބާޕޭ ކާމިޔާބު ކޮށްފިއެވެ.

މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 11 މެޗުން 4 ލަނޑު ކާމިޔާބުކޮށް، 4 ލަނޑު ޖަހަން މަގުފަހިކޮށްދީފައިވާ އެމްބާޕޭ މިދިޔަ ސީޒަނުގައި މޮނާކޯ އިން ވިދާލުމަށްފަހު، ޕީއެސްޖީގައި ނޭމާއާއެކުވެސް އަންނަނީ ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 8 މެޗު ކުޅެދީފައިވާ އެމްޕާބޭ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ކުޅެމުން އަންނައިރު، އަންނަ ސީޒަންގައި 180 މިލިޔަން ޔޫރޯގެ ޓްރާންސްފާ އެއްގައި ކޮންޓްރެކްޓް ދާއިމީ ކުރާނެއެވެ.

އެމްބާޕޭ މި އަހަރު މި އެވޯޑް ހާސިލް ކުރީ ބާސެލޯނާގެ އޮސްމާން ޑެމްބެލޭ، މެންޗެސްޓާ ސިޓީގެ ގެބްރިއަލް ޖީސަސް، ޔުނައިޓެޑްގެ މާކަސް ރެޝްފޯޑު ފަދަ ކުޅުންތެރިންނާ ވާދަކޮށެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ކުޅިވަރުގެ ޖާނަލިސްޓުން ވޯޓު ދޭ މި އެވޯޑްގެ ނަތީޖާ އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން ހޯމަ ދުވަހު ހާމަކޮށްފައިވާއިރު، އެމްބާޕޭއަށް ލިބުނީ 291 ވޯޓެވެ. ޑެމްބެލޭއަށް 149 ވޯޓު ލިބުނުއިރު، ރަޝްފޯޑަށް ލިބުނީ 76 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް