ފިލްމު ސީކްރެޓް ސުޕަސްޓާރަށް ހަތަރު ދުވަހުގެ ތެރޭގައި 30 ކުރޯޑު

އާމިރު ޚާން ޕްރޮޑަކްޝަންސް އިން އުފެއްދި ފިލްމު "ސީކްރެޓް ސުޕަސްޓާ" މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާއިރު ހަތަރު ދުވަހުގެ ތެރޭގައި އެ ފިލްމަށް 30 ކުރޯޑު (300 މިލިޔަން) ރުޕީސް ލިބިއް...

23 Oct 2017 | 23:31

އާމިރު ޚާން ޕްރޮޑަކްޝަންސް އިން އުފެއްދި ފިލްމު "ސީކްރެޓް ސުޕަސްޓާ" މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާއިރު ހަތަރު ދުވަހުގެ ތެރޭގައި އެ ފިލްމަށް 30 ކުރޯޑު (300 މިލިޔަން) ރުޕީސް ލިބިއްޖެ އެވެ.

މި ފިލްމު އެޅުވި ފުރަތަމަ ދުވަހު 4.8 ކުރޯޑު، ދެވަނަ ދުވަހު 9.30 ކުރޯޑް އަދި ތިންވަނަ ދުވަހު 8.65 ކުރޯޑް ލިބިފައިވާއިރު އިއްޔެ މި ފިލްމަށް 8.5 ކުރޯޑް ރުޕީސް ލިބިފައިވާކަމަށް ފިލްމުގެ މެނޭޛްމެންޓުން ވަނީ ހާމަކޮށްފަ އެވެ.

މި ފިލްމަކީ 15 ކުރޯޑުގެ ބަޖެޓެއްގައި ހަދާފައިވާ ފިލްމެކެވެ. މި ފިލްމަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ތަރުހީބު އޮހެމުން އަންނައިރު މި ފިލްމަކީ ޒުވާން އަންހެންކުއްޖަކު (އިންސިޔާ – މި ރޯލު ކުޅެފައިވަނީ ޒާރާ ވަސީމް) އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގައި އާމިރު ޚާން ކުޅެފައިވަނީ "ޝަކްތީ ކުމާރު" ނަމަކަށް ކިޔާ ކެރެކްޓަރ އެވެ. އާމިރު ޚާން މި ފިލްމުގައި ދައްކާފައިވާ ތަފާތު ހުނަރަށްވެސް ބޮލީވުޑްގައި އަންނަނީ ތަރުހީބު އޮހެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް