ގޫގަލްގެ އެންމެ ފަހުގެ ފޯނުގެ ޑިސްޕްލޭ އަނދާ މައްސަލަ ފެންމަތިވެއްޖެ

ގޫގަލް އިން ގާތްގަނޑަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ކުންފުނީގެ ސްމާޓްފޯނު ފްލެގްޝިޕް ޕިކްސެލްގެ އައު ދެ ފޯނު ނެރެފައިވާއިރު ޕިކްސެލް 2 އެކްސްއެލް ފޯނުގެ ޑިސްޕްލޭ އަނދާ މައްސަލަ ފެންމަތިވެއްޖެ...

23 Oct 2017 | 22:14

ގޫގަލް އިން ގާތްގަނޑަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ކުންފުނީގެ ސްމާޓްފޯނު ފްލެގްޝިޕް ޕިކްސެލްގެ އައު ދެ ފޯނު ނެރެފައިވާއިރު ޕިކްސެލް 2 އެކްސްއެލް ފޯނުގެ ޑިސްޕްލޭ އަނދާ މައްސަލަ ފެންމަތިވެއްޖެ އެވެ.

މިފަދަ ރިޕޯޓްތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގޫގަލް އިން މިކަމާއިމެދު ބުނެފައިވަނީ ޕިކްސެލް 2 އެކްސްއެލްގެ ޑިސްޕްލޭ ޑިޒައިން ކޮށްފައިވަނީ އެޑްވާންސްޑް ޕީއޯއެލްއީޑީ ޓެކްނޮލޮޖީ ކަމަށާއި ކިއުއެޗްޑީ ޕްލަސް ރެސޮލިއުޝަން ހިމަނާފައިވާއިރު ކޮންމެ ޕްރޮޑަކްޓެއްވެސް ލޯންޗު ކުރުމުގެ ކުރިން ކޮލިޓީ ރަނގަޅު ޓެސްޓެއް ކުރާ ކަމަށެވެ. އަދި ޑިސްޕްލޭ އަނދާ މައްސަލަ އެ ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާކަމަށާއި އެކަން ބަލަމުން އަންނަ ކަމަށްވެސް ގޫގަލް އިން ބުނެފައި ވެ އެވެ.

https://twitter.com/alexdobie/status/922060857659547648

ގޫގަލް އިން ޕިކްސެލް 2 އަދި ޕިކްސެލް 2 އެކްސްއެލް މާކެޓަށް ނެރެފައިވާއިރު މި މައްސަލަ ފެންމަތިވެފައިވަނީ ޕިކްސެލް 2 އެކްސްއެލް ފޯނު ތަކަށެވެ. މި މައްސަލަ ދިމާވާ ފޯނުތަކުގެ ޑިސްޕްލޭ އެތެރެއިން އަނދައި ބޭނުން ނުކުރެވޭ ގޮތް ވާއިރު މިހާތަނަށް މިފަދަ ދެތިން ހަތަރު ރިޕޯޓެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް