ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަދީބު ހައްޔަރުކުރަން ޖެހޭ: އެމްޕީ މަހްލޫފް

ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. އެމްޕީ މަހްލޫފް މިހެން ވިދާޅުވީ ދެން...

24 Oct 2015 | 06:29

ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެމްޕީ މަހްލޫފް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.

ނައިބު ރައީސް އަދީބަށް މި ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އެމްޕީ މަހްލޫފު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ގަދަބަސް ބުނެފަ އައިމަ ވާގޮތްވެސް، އިރާދަކުރެއްވިއްޔާ މިއަދު ފެންނާނެ" ކަމަށާއި "ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކާ އަދީބަކީ ހައްޔަރު ކުރަންޖެހޭ މީހެއް" ކަމަށެވެ.

އަދީބު ހައްޔަރުކުރަން ޖެހޭ ކަމަށް މިއަދު މަހްލޫފް ވިދާޅުވެފައިވާއިރު ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މީގެ ދެ ހަފްތާކުރިން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ، " ރައީސް ޔާމީންގެ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލީ މީހަކު ނަމަ އެކަން ކުރީ އަދީބު" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް