ކުޑަ އަންހެން ކުއްޖަކަށް އޮރިޔާންކާޑު ދެއްކި ވަކީލެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ކުޑަ އަންހެންކުއްޖަކަށް އޮރިޔާން ކާޑު ދެއްކި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަ އަންހެން ކުއްޖަކަށް ބަރަހަނާ މަންޒ...

24 Oct 2015 | 05:44

ކުޑަ އަންހެންކުއްޖަކަށް އޮރިޔާން ކާޑު ދެއްކި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަ އަންހެން ކުއްޖަކަށް ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ ދެއްކި މީހެއްގެ މައްސަލަ މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުޑަ ކުއްޖަކަށް އޮރިޔާންކާޑު ދެއްކީ އައްޑުއަށް ނިސްބަތްވާ ވަކީލެކެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް