ދެކުނުގެ އަތޮޅުތަކަށް މިއަދު މެންދުރާއި ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.
މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން މެންދުރު 12:30 އާއި ހަމައަށެވެ.
ޔެލޯ އެލާޓު ނެރެފައިވާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ހާމަކުރެ އެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާއިރު، އެވިއްސާރައިގައި ހާއްސަކޮށް ކަނޑުދަތުރު ކުރަށްވާފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް ކަމަށް މެޓުން ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ލ.އަތޮޅުގެ އެކި ރަށްތަކަށް ބޯކޮށް ވާރޭވެހިވެފައިވާއިރު ރާއްޖޭގެ އިރުން އުފެދިފައިވާ އުފެދިފައިވާ ސާކިއުލޭޝަނަކާއި ގުޅިގެން އެސަރަހައްދުގައި ހިސާބަކަށް ބޯ ވިއްސާރަ ވިލާ އުފެދެމުންދާ ކަމަށާއި، ހުޅަނގުން އަރަބި ކަނޑުގައި ލޯޕްރެޝަރ އޭރިއާއެއް އުފެދި، ވިއްސާރަ ވިލާ އުފެދެމުންދާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް