ޕާކިސްތާނުގައި މީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްގައި 22 މީހަކު މަރުވެއްޖެ

އަވަށްޓެރި ޕާކިސްތާނުގައި ޝިއަޢީންނަށް ނިސްބަތްވާމީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްގައި 22 މީހަކު މަރުވެއްޖެ އެވެ. މި ހަމަލާގައި މި އަދަދަށް މީހުން މަރުވެފައިވާކަން ސިންދުގެ ޓްރާންސްޕޯޓް މިނިސްޓަރު މ...

24 Oct 2015 | 02:52

އަވަށްޓެރި ޕާކިސްތާނުގައި ޝިއަޢީންނަށް ނިސްބަތްވާމީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްގައި 22 މީހަކު މަރުވެއްޖެ އެވެ.

މި ހަމަލާގައި މި އަދަދަށް މީހުން މަރުވެފައިވާކަން ސިންދުގެ ޓްރާންސްޕޯޓް މިނިސްޓަރު މުމްތާޒު ޖަޚްރާނީ ކަށަވަރުކޮށްދީފައިވާއިރު ރޮއިޓާސް އަށް ދީފައިވާ އިންޓަވިއުއެއްގައި ޕާކިސްތާނުގެ ފުލުހުން ބުނެފައިވަނީ އެ ހަމަލާގައި 22 މީހަކު މަރުވެފައިވާއިރު ފަރުވާ ދިނުމަށް 44 މީހަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

އިއްޔެގެ ހަމަލާފައި 22 މީހަކު މަރުވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުވެސް މީހަކު ވަނީ ޖާނުން ފިދާވެ މިސްކިތެއްގައި މި ފަދަ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާފައި 10 މީހަކު މަރުވި އެވެ.

މި ހަމަލާތަކުގެ ތުހުމަތު އާންމުކޮށް މި ފަހަކަށް އައިސް އަޅުވަނީ ޕާކިސްތާނުގެ ލަޝްކަރޭ ޖާންގްވީގެ ބޮލުގަ އެވެ. ނަމަވެސް މި ދެ ހަމަލާގެ ޒިންމާ އަދި އެ ޖަމާއަތުން އުފުލާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް