ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒް ހަމަޖައްސައިފި އެވެ.
އެ މަގާމަށް ނަވާޒު އައްޔަން ކުރީ، ފުލުހުންގެ އެގްޒެކްޓިވް ބޯޑުން، ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ މަގާމަށް ނަވާޒު އައްޔަންކޮށްފައިވާއިރު ކޮމިޝަނާ އޮފް ޕޮލިސްގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވީ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނެވެ. ނަމަވެސް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދު އެ މަގާމުން ވަކި ކުރެއްވުމާއި ގުޅިގެން ސީޕީގެ ސްޕޯކްސްޕާސަންގެ މަގާމު މިހާރު ވަނީ އުވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް