ހިލޭ ފަސްލައްކަ ރުފިޔާ ލިބޭ ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް ސްޓާޓަޕް ގްރާންޓް 2024 އަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއީ އުފެދެމުން އަންނަ  ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށު...

24 Sep 2024 | 15:11

ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް ސްޓާޓަޕް ގްރާންޓް 2024 އަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިއީ އުފެދެމުން އަންނަ  ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ދޫކުރާ ހިލޭ އެހީ އެކެވެ.

ބީއެމްއެލް އިން ބުނެފައިވާގޮތުގައި ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެއެވެ. އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިންގ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވީ " ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިޤްތިޞާދެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ނުހަނު ބޭނުންތެރިކަމެއް. އަޅުގަނޑުމެންގެ މި ގްރާންޓް ޕްރޮގްރާމުން ދައްކައިދެނީ ވިޔަފާރީގެ ރޫހު އާލާކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުންމީދުތަކަކީ އިގްތިޞާދަށް ފައިދާކުރާ އަދި އެހެންމެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތިންވަނަ އަހަރެއްގައިވެސް ހިންގޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް."

ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމަށް 17 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅަން ޖެހޭނެއެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް  www.bankofmaldives.com.mv/startup-grant އިން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް