ހުއްދަ ލިބެންދެން ހިޖާމާގެ ހިދުމަތް ހުއްޓާލަން އަންގައި ދިވެހި ފުލުހުން، ފަޒީލާ އުސްމާނަށް ނަސޭހަތުގެ ލިޔުމެއް ފޮނުވައިފިއެވެ.
އެކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ހިޖާމާ ޖެހުމުގެ ހިދުމަތް ހުޅުމާލޭގައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީން އެދިފައިވާތީ އެ މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލާފައިވާނެ ކަމަށެވެ.
"ކްލިނިކްގެ ވެރިފަރާތުން ގާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާގެ ފަރުވާ ދިނުމަށާއި ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްދަ ލިބެންދެން ހުއްޓައިލުމަށް ލިޔުމުން އަންގައި ވާނީ ނަސޭހަތްތެރިވެފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ފުލުހުން ހންގާ ތަހުގީގަށް ލިބެންޖެހޭ އެއްބާރުލުން ވެރިފަރާތުން ގެންދަނީ ދެމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް