ކަމަދޫ ޒާރާ "ބްރައިޑްސް ޓު ބީ" ފާހަގަ ކޮށްފި!

ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަދޫއަށް ނިސްބަތްވާ ޒާރާ ކައިވެނީގެ ކުރިން ބާއްވާ "ބްރައިޑްސް ޓު ބީ " ޕާޓީއެއް ބާއްވައިފިއެވެ. ކަމަދޫ ޒާރާ އަދި މެންބަރު ޝިޔާމް(ސަން ސިޔާމް) ކައިވެނި ކުރުމަށް ހަމަޖެހ...

23 Sep 2024 | 19:22

ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަދޫއަށް ނިސްބަތްވާ ޒާރާ ކައިވެނީގެ ކުރިން ބާއްވާ "ބްރައިޑްސް ޓު ބީ " ޕާޓީއެއް ބާއްވައިފިއެވެ.

ކަމަދޫ ޒާރާ އަދި މެންބަރު ޝިޔާމް(ސަން ސިޔާމް) ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިފެށޭ އޮކްޓޫބަރު މަހު ދިހަ ވަނަ ދުވަހެވެ.

ޝިޔާމް އަދި ޒާރާ ކައިވެނި ކުރުމަށް މިހާރު ރަން ކިޔާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އެ މަސްދަރުތަކުން ބުނާ ގޮތުގައި ޒާރާ ރަން ކިޔާފައިވަނީ ދެ ގެސްޓު ހައުސްއަށެވެ.

ދާދި ފަހުން ޝިޔާމްގެ މޮރޮކޯއަށް ނިސްބަތްވާ އަނބިކަނބަލުންނަށް ވަނީ އެއްމާބަނޑު ދެކުދިންވެސް ލިބިފައެވެ.

ޝިޔާމް މީގެ ކުރިންވެސް ވަނީ ކައިވެނި ތަކެއް ކޮށްފައެވެ. މިއީ ޝިޔާމްގެ ހަތަރު ވަނަ ކައިވެންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް