ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިސްޓްރިކްޓް އެންޑް ސެޝަންސް ކޯޓުން ނޫސްވެރިޔާ މުހައްމަދު ހާލިދު ޖަމީލްގެ ބަންދަށް ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ދެ ދުވަސް ޖަހައިފި އެވެ.
މިކަން ހިނގާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަމީލް ހައްޔަރުކުރުމާ ގުޅިގެންނެވެ. އެފްއައިއޭ އިން ބުނީ ޚާލިދު ޖަމީލް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި އޭނާ ކޮށްފައިވާ ޕޯސްޓުތައް މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް "ހަރުކަށި ވާހަކަތަކެއް" ފެތުރުމުގެ ތުހުމަތުގައި ކަމަށެވެ.
ޖަމީލް އާ ގުޅިފައިވާ ޓީވީ ޗެނަލް ކަމަށްވާ އޭބީއެން ނިއުސް އިން ވަނީ އޭނާ ހައްޔަރުކުރިކަން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދީފަ އެވެ. ޑޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އެޖެންސީން ހުށަހެޅި ފުރަތަމަ އިންފޮމޭޝަން ރިޕޯޓުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހާ "ސޯޝަލް މީޑިއާ/ޓްވިޓާގައި ވަރަށް ހަރުކަށި ކޮންޓެންޓް/ޓުވީޓްތައް ހިއްސާކޮށް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ" ކަމަށެވެ.
އިލެކްޓްރޯނިކް ކުށްތައް ހުއްޓުވުމުގެ ގާނޫނު (ޕެކާ) ގެ 20 ވަނަ މާއްދާގެ ދަށުން، "ދޮގު ކަމަށް އެނގޭ އެއްވެސް މައުލޫމާތެއް، އެމީހަކު ދޮގުކޮށް، ނުވަތަ ބިރުދައްކައި، ނުވަތަ އާންމު މީހެއްގެ އަބުރު ނުވަތަ ޕްރައިވެސީއަށް ބިރުދައްކައި، ނުވަތަ ގެއްލުމެއް ދީފި ނަމަ، ދެ އަހަރަށް ޖަލަށްލުން ނުވަތަ އެއް މިލިއަން ރުޕީސް އިން ޖޫރިމަނާ ކުރެވޭނެ އެވެ. " ޑޯންގެ ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ގާނޫނުލް އުގޫބާތުގެ 505 ވަނަ މާއްދާ (އާންމުން ނާތަހުޒީބުކޮށް ވާހަކަ ދެއްކުން) ވެސް އެފްއައިއާރުގައި ހިމަނާފައިވެ އެވެ. "ދައުވާ ލިބޭ ފަރާތުން ދައުލަތާ ދެކޮޅު ވާހަކަތައް އޮޅުވާލައިގެން، ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ހިއްސާކޮށް، އާންމުންގެ ތެރޭގައި ބިރުވެރިކަން އުފައްދައި، ދައުލަތާއި ދައުލަތުގެ މުއައްސަސާއާ ދެކޮޅަށް ނުވަތަ އާންމު ސުލްހަމަސަލަސްކަމާ ދެކޮޅަށް ކުށެއް ކުރުމަށް އެއްވެސް ފަރާތަކަށް ހިތްވަރު ދީފާނެ ކަމަށް ބުނެ، ދައުލަތާ ދެކޮޅު ވާހަކަތައް އޮޅުވާލައި ފަތުރާފައިވާ ކަމަށް ވެސް އެފްއައިއާރުގައި ވެ އެވެ.
އެ އެޖެންސީން އިތުރަށް ބުނީ މުހައްމަދު ޚާލިދު ޖަމީލް ހިމެނޭ ގޮތަށް ތުހުމަތު ކުރެވޭ މީހުން ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ދައުލަތާ ދެކޮޅު، ހަރުކަށި އަދި ނަފްރަތު އުފެއްދުމުގެ ވާހަކަތައް ފަތުރާ، ޕްރޮމޯޓްކޮށް، ތައުރީފު ކޮށްފައިވާ ކަމަށެވެ. ޑޮންގެ ރިޕޯޓުގައި ވާގޮތުން މި ޖަރީމާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެހެން ފަރާތްތަކުގެ ތަފްސީލެއް އެފްއައިއޭއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް