އިންޑިއާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދުގެ ރޯވާއާ ގުޅުން ކެނޑިއްޖެ

އިންޑިއާގެ ޖައްވީ އިދާރާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނދުގެ ދެކުނު ތަނބަށް މީގެ މަހެއްހާ ދުވަސް ކުރިން ފޮނުވި ތަހުގީގާ އެކު އަލުން މުއާމަލާތް ކުރަން މަސައްކަތް ކުރިނަމަވެސް މިހާތަނަށް...

24 Sep 2023 | 17:49

އިންޑިއާގެ ޖައްވީ އިދާރާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނދުގެ ދެކުނު ތަނބަށް މީގެ މަހެއްހާ ދުވަސް ކުރިން ފޮނުވި ތަހުގީގާ އެކު އަލުން މުއާމަލާތް ކުރަން މަސައްކަތް ކުރިނަމަވެސް މިހާތަނަށް ކާމިޔާބެއް ލިބިފައި ނުވާ ކަމަށެވެ. ހަނދުގެ ރޭގަނޑުގެ ފިނިހޫނުމިން ދަށްވުމުން ވެހިކަލަށް ކެތްކުރެވޭނެ ކަމުގެ އުއްމީދު ވަނީ ނިމުމަކަށް އައިސްފައެވެ.

"ވިކްރަމް ލޭންޑާ އާއި ޕްރަގްޔާން ރޯވާއާ މުއާމަލާތްކޮށް ހާލަތު ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ކުރެވިފައި. ނަމަވެސް މިހާތަނަށް އެމީހުންގެ ފަރާތުން އެއްވެސް ސިގްނަލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކޮންޓެކްޓް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް". އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އިސްރޯ ވެގެން ދިޔައީ ހަނދުގެ ދެކުނު ތަނބުގައި ޗަންދުރަޔާން-3 މިޝަން ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ސޮފްޓް ލޭންޑިންއެއް ކުރި ފުރަތަމަ ގައުމަށެވެ.

މިޝަންގެ ވިކްރަމް ލޭންޑާ އާއި ޕްރަގްޔާން އެކްސްޕްލޯރާ ސްލީޕަށް ލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

ނަމަވެސް ހަނދުގެ ރޭގަނޑުގެ ފިނިހޫނުމިން -200 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށަށް ދިއުމަށް ފަހު އަލުން އެތަންތަން ހިންގަން ފެށުމުގެ ފުރުސަތު އޮންނާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މީގެ އިތުރުން އިރުގެ ދޯދި އާއި އެކު އަނެއްކާވެސް ރީޗާޖް ކުރެވޭ ގޮތަށް އޭގެ ބެޓެރީ ވަކި ފެންވަރެއްގައި ހުންނަން ޖެހެ އެވެ.

އެމެރިކާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އަށް ފަހު ހަނދަށް ކާމިޔާބުކަމާއެކު ޖެއްސި ހަތަރު ވަނަ ގައުމަކީ އިންޑިއާ އެވެ.

އިންޑިއާގެ މިޝަނަކީ ހަނދުގެ ސައުތު ޕޯލްއަށް ދިއުމަށް ރަޝިޔާއިން ކުރި މަސައްކަތާ ގުޅިގެން ކުރިއަށް ގެންދިޔަ މިޝަންއެކެވެ. ޗަންދުރަޔާން-3 ގެ މާ ގިނަ އިރުތަކެއް ނުވަނީސް އެ ބޯޓު ފުރައިގެން ދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ވެއްޓުނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް