ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ޕްރޮޖެކްޓް ހޮވައިފި ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ހޮވުނު 10 ޕްރޮޖެކްޓަކީ:
- ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް - ދަ ރީޑިންގ ރޫމް، ކ. ހުޅުމާލެ
- އަންހެނުންނަށް ހާއްސަ ޕްރޮގްރާމް - އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާރސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ
- ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން - ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ
- އައަޓްޑޯ ބީޗް ޝަވަރ އޭރިއާ - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު
- ކޮމިއުނިޓީ ޕްރޮގްރާމްސް - ފީނާ އެކަޑަމީ، ހއ. ދިއްދޫ
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް - ނާދިލް މުތައްހިދީން، ށ. މަރޮށި
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް - ކަޒިންސް ޔުނިޓީ ޓުވާރޑްސް އެމްޕަވަރމަންޓް، ރ. އަނގޮޅިޓީމު
- ވިންސިއަރ ފުޓްބޯލް ޓްރެއިނިންގ ޕްރޮގްރާމް - ވިންސިއަރ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ
- ސްމާރޓް ސްކޫލް ސިސްޓަމްސް ހަރުކުރުން - މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަރމަންޓް ނެޓްވޯކް، ލ. ގަން
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް - އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައިކަން ބީއެމްއެލް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް