ޔާމީން ވިދާޅުވީ، ޕާޓީގެ މެމްބަރުން އެއްބަސްވީމައޭ ބައްދަލުކުރަން ކެރިވަޑައިގަންނަވާނީ: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކުރީގެ ރައީސް ނަޝީދުއާ ބައްދަލު ކުރައްވާނީ، އެކަމަށް ޕީޕީއެމްގެ މެމްބަރުން އެއްބަސްވުމުން ކަމަށް ޔާމީނު ވިދާޅުވެފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ. ނަ...

24 Sep 2023 | 11:10

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކުރީގެ ރައީސް ނަޝީދުއާ ބައްދަލު ކުރައްވާނީ، އެކަމަށް ޕީޕީއެމްގެ މެމްބަރުން އެއްބަސްވުމުން ކަމަށް ޔާމީނު ވިދާޅުވެފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީނާ ބައްދަލު ކުރައްވަން ރައީސް ނަޝީދު ވަނީ މި މަހުގެ މެދުތެރޭގައި މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށް ނުގެންދެވުނީ، އެކަމަށް ޔާމީން އުޒުރުވެރި ވުމާ ގުޅިގެންނެވެ.

އެކަމަށް އަލިއަޅުވާލައި ނަޝީދު ވިދާޅުވީ، ބައްދަލުވުމަށް ޔާމީން އުޒުރުވެރިވީ، ޕާޓީގެ މެމްބަރނުންގެ އިޒުނަ ލިބެންދެން ކަމަށެވެ.

"ޔާމީން ވިދާޅުވީ، ޕާޓީގެ މެމްބަރުން އެއްބަސްވީމައޭ ބައްދަލުކުރަން ކެރިވަޑައިގަންނަވާނީ" ނަޝީދު ވިދާޅުވިއެވެ.

ޔާމީންއާ ބައްދަލު ކުރައްވަން އެދި ނަޝީދު ކަރެކްޝަންސްގައި އެދިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ބައްދަލުވުން ބާއްވަން އެދުނީ 17 ވަނަ ދުވަހުއެވެ.

ނަމަވެސް ކަރެކްޝަންސްގެ މީޑިޔާ އޮފިޝަލް “ދުވަސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނަޝީދުއާ ބައްދަލު ކުރައްވަން ޔާމީނު އުޒުރުވެރިވެ ވަޑައިގަންނަވާތީ، އެކަން މިހާރު ނަޝީދަށް އަންގާފައިވާ ކަމަށެވެ.

ނަޝީދު ޔާމިނާ ބައްދަލު ކުރައްވަން ވަޑައިގަންނަވަން މަސައްކަތް ކުރެއްވީ އިންތިހާބުގެ ކުރިން ނިޒާމު ބަދަލު ކުރުމުގެ ވޯޓު ނެގުމަށް ޕީޕީއެމްގެ ތާއީދު ހޯދުމަށާއި، ޕީޕީއެމްއާ ކޯލިޝަން ހަދައިގެން ބަރުލަމާނީ ނިޒާމަކަށް ބަދަލުވޭތޯ ޕީޕީއެމްގެ ތާއީދު ހޯދުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް