ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީއަށް ތާއީދު ކުރާ މޭރަމަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ ހައިސިއްޔަތުން ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުވާދަ ކުރައްވާއިރު، ތާއީދު ކުރައްވާނީ ކޮށް ބަޔަކަށްތޯ ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފައެވެ. އަދި ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބިއްޖެ ނަމަ ޕީޕީއެމްގެ ކުރީގެ ސަރުކާރު އަނިޔާވެރިކަމަށް އިޔާދަވާނެ ކަމަށް އެމްޑީޕީއިން ތުހުމަތު ކުރާ ކަމަށާއި، އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށް ޕީޕީއެމްއިން ބުނާ ބުނުމަށް ނަޝީދުގެ ހިޔާލަކީ ކޮބައިތޯ ނޫސްވެރިޔާ ވަނީ ސުވާލު ކޮށްފައެވެ.
އޭގެ ޖަވާބަކަށް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށެވެ. ނަމަވެސް އިލްޔާސްއަށް ނާކާމިޔާބު ލިބިވަޑާއިގެންނެވީ ކަމަށެވެ. އެހެންކަމުން ޕާޓީން ނިންމާފައިވާ ގޮތަށް، އެއްވެސް މީހަކަށް ތާއީދު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމްއަށް ރައްދުވާ ތުހުމަތުތަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ފާހަގަ ނުކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސިޔާސަތުތައް ރަނގަޅު ވާހަކައެވެ.
އެގޮތުން ދިވެހި ދައުލަތް އޮމާންކޮށް އަބަދުވެސް ހިނގަމުން ދާނެ ކަމަށާއި އެއްވެސް މައްސަލައެއް ނެތި ޑިމޮކްރެޓިކް ހަޔާތް އޮތީ އުޖާލާކޮށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެހެން ގައުމުތަކުގެ ވާހަކަ އިންތިހާބުގެ ތެރެއަށް ނުވައްދަން ނަޝީދު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑު ދަންނަވާލަން އެބަ ޖެހޭ، މި ރިޔާސީ އިންތިހާބަށް ބޭފުޅުން ވަޑާއިގަންނަވާއިރުގައި، ކެނޑިޑޭޓުން އެހެން ގައުމުތައް މި އިންތިހާބުގެ ތެރެއަށް ބައިވެރި ނުކުރެއްވުން" ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް