އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ވަރަށް އަވަހަށް ބޮޑުކޮށްދޭނަން: ރައީސް

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ވަރަށް އަވަހަށް ބޮޑުކޮށްދޭނެ  ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކެމްޕޭނަށް ރޭ ސޯސަން ޖަގަހަ ޖަލްސާގައި ސަޕޯ...

24 Sep 2023 | 07:52

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ވަރަށް އަވަހަށް ބޮޑުކޮށްދޭނެ  ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކެމްޕޭނަށް ރޭ ސޯސަން ޖަގަހަ ޖަލްސާގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ޕައިލެޓުންނާއި އިންޖިނިއަރުން ހިމެނޭހެން، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ވަރަށް އަވަހަށް ކުރިއެރުން ގެނެސްދޭނެ ކަމަށެވެ.

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މުސާރައިގެ ކުރިއެރުން ގެނައުމަށްޓަކައި އެ ދާއިރާގެ މުވައްޒަފުންގެ އޮނިގަނޑު ރިވިއު ކުރަން ފަށާފައިވާ ކަމަށެވެ.

ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ގެންނަން ކުރާ މަސައްކަތުގައި، އެއްވެސް ދާއިރާއެއްގެ ބަޔަކު ބާކީ ނުކޮށް މުސާރަ ބޮޑުކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް