ފިލްމީ ތަރި ރިޝްފާ ޕީޕީއެމްއަށް

މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރިޝްފާ ޕީޕިއެމްއަށް ސޮއިކޮށްފިއެވެ. ރިޝްފާ ޕީޕީއެމްއާ ގުޅިފައި ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއެކު ރޭގެ ވަގުތެއްގައެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހ...

23 Sep 2023 | 22:57

މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރިޝްފާ ޕީޕިއެމްއަށް ސޮއިކޮށްފިއެވެ.

ރިޝްފާ ޕީޕީއެމްއާ ގުޅިފައި ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއެކު ރޭގެ ވަގުތެއްގައެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ޑރ. ޖިހާދާއި، ޑރ. އިރުތިޝާމް އާދަމް އާއި ހަސަން މުޣްނީގެ އިތުރުން ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު ވަނީ ރޭ ޕީޕީއެމް އާއި ގުޅިފައެވެ.

އެ ފަރާތްތަކުން ޕީޕީއެމް އާއި ގުޅިފައިވާކަން އިއުލާނުކޮށްފައިވަނީ ގިރާވަރު ކޮމިއުނިޓީއާއެކު ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ބާއްވަމުން ގެންދަވާ ކެމްޕޭނު ޖަލްސާގައެވެ.

އެ ފަރާތްތަކުގެ އިތުރުން ޑރ. ނާޒް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާމީންގެ އިތުރުން ޖޭޕީގެ ގިނަ ބަޔަކު ޕީޕީއެމް އަށް ސޮއި ކުރައްވާފައިވެއެވެ. މީގެ އިތުރުން ޖޭޕީއިން ވަކިނުވެ ތިބެވެސް ބަޔަކު ވަނީ މިރޭ ޑރ. މުއިއްޒު އެންޑޯޒް ކުރެއްވިކަން އިއުލާނު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް