ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ވެސް ޑިޖިޓަލް އައިޑީ ކާޑާއި ޑިޖިޓަލް ލައިސަންސް ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީއިން ބުނީ، ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔެކިޔުންތަކަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ދިވެހި ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި ދިވެހިރާއްޖެއިން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ޑިޖިޓަލް އައިޑީކާޑު އަދި އީފާސް ބޭނުން ނުކުރާނެ ކަމަށް މީގެ ކުރިން އީސީން ވަނީ ބުނެފައެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓުލުމުގައި ކާކުކަން ދެނެގަތުމަށް ބޭނުން ކުރެވޭނީ މުއްދަތު ހަމަ ނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު)، ދިވެހި ޕާސްޕޯޓު،ޕާސްޕޯޓް ކާޑ އަދި ޑްރައިވިންގ ލައިސަންސްގެ ތެރެއިން ކޮންމެވެސް އެކައްޗެއްގެ އަސްލު ކަމަށެވެ.
މި ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އެހެންކަމުން މި ޑޮކިއުމަންޓްތަކުގެ މުއްދަތު ހަމަވެފައިވާ ނަމަ، އަވަހަށް އާ ކުރެއްވުމަށް ހަބީބު ވަނީ ހަނދާން ކޮށްދީފައެވެ.
ހަބީބު ވިދާޅުވީ ފަރުދީ ޒިންމާ އަދާކުރައްވާ ހުރިހާ ފަރާތްތަކުންވެސް ވޯޓުލުމުގެ ޙައްގުގެ ބޭނުން ކުރަން ތައްޔާރުވެ ތިބުމަށް އެދޭ ކަމަށެވެ.
ވޯޓުލާން ދާންޖެހެނީ ކޮންތަނަކަށްތޯ ބެލޭނީ 1414 އަށް އެސްއެމްއެސް އެއް ފޮނުވައިގެންނެވެ. ނުވަތަ 1414 އަށް ގުޅައިގެންނެވެ.
އެސްއެމްއެސް ކުރުމަށް “ވީ.އާރު ޖެހުމަށް ފަހު، ހުސްތަންކޮޅެއް ދޫކޮށްލުމަށްފަހު އައިޑީ ކާޑު ނަމްބަރު ޖަހައި، 1414 އަށް އެސްއެމްއެސް ކުރާނީއެވެ.
VR (space) ID number to 1414.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް