ދެވަނަ ބުރުގައި އިތުރު 12 ވޯޓުފޮށި ބަހައްޓަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރީކުރިމީހުން ގިނަވުމގެ ސަބަބުން، އިތުރު 12 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީއިން ބުނީ، އަންނަ ހޮނިހިރު ދުވަހު ބޭއް...

23 Sep 2023 | 21:34

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރީކުރިމީހުން ގިނަވުމގެ ސަބަބުން، އިތުރު 12 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީއިން ބުނީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު 12 ވޯޓުފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިތުރުކުރެވުނު ވޯޓުފޮށިތައް:-

TT.1.2 (މާލޭރައްޔިތުން - 5)

TT.1.3 (މާލޭރައްޔިތުން - 1)

TT.1.6 (މާލޭރައްޔިތުން - 6)

AT.1.1 (ހއ. އަތޮޅު، މާލެ-1)

OT.1.1 (ލ. އަތޮޅު، މާލެ-1)

CT.3.1 (ށ. އަތޮޅު، މާލެ-3)

YT.0.33 (ވިލިމާލެ، އެހެނިހެން-1)

YT.0.29 (ހުޅުމާލެ، އެހެނިހެން-29)

YT.0.25 (ހުޅުމާލެ، އެހެނިހެން-25)

YT.0.5 (ހުޅުމާލެ، އެހެނިހެން-5)

YT.0.20 (ހުޅުމާލެ، އެހެނިހެން-20)

W01.1.1 (އިންޑިއާ / ޓްރިވެންޑްރަމް - 1)

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓަރ ވާން އީސީން ހުޅުވާލީ ތިން ދުވަހުގެ މުއްދަތެކެވެ. ތިން ދުވަހުގެ ތެރޭގައި 47 ހާސް މީހުން ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައި ވާކަމަށް އީސީއިން ބުނެފިއެވެ.

އީސީން ބުނީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިއިރު، ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު8:00 ން ހަވީރު5:00 އަށެވެ.
ދެވަނަ ބުރުގައި ވޯޓުލާ ވަގުތުން އެއްގަޑިއިރު އިތުރު ކޮށްފައި ވަނީ، އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް ދަށް ވުމުން ކަމަށް އީސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް