ދެ ލޯންޗު އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ނެރުމަތިން ދެ ލޯންޗެއް އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނެފައިވަނީ މިރޭ 6:45 ހާއިރު ހުޅުމާލެ ނެރުމަތިން ލޯންޗަކާއި ހަތް މީހުންނާއެކު ދަތުރުކުރި ކުޑަ ލޯންޗެއްޖެހި އެކް...

24 Sep 2022 | 16:13

ހުޅުމާލެ ނެރުމަތިން ދެ ލޯންޗެއް އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މިރޭ 6:45 ހާއިރު ހުޅުމާލެ ނެރުމަތިން ލޯންޗަކާއި ހަތް މީހުންނާއެކު ދަތުރުކުރި ކުޑަ ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގިކަމަށެވެ.

"ކުޑަ ލޯންޗުން ދަތުރުކުރި ތިން މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންދެވިފައި" ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓްގައި ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުންތެއް ލިބުނުކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް