އިންޑިއާގެ އުއްތަރު ޕްރަދޭޝް ސަރަހައްދަށް ބޯކޮށް ވާރޭވެހި ހިނގި އެކި ހާދިސާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 36 އަށް އަރައިފިއެވެ.
އެގޮތުން 12 މީހަކު މަރުވީ ހޮނުއެޅުމުގެ ސަބަބުން ކަމަށާއި 24 މީހަކު މަރުވީ ގެތައް ބޯމައްޗަށް ވެއްޓިގެންކަމުގައި އިންޑިއާގެ ރިލީފް ކޮމިޝަނަރ ރަންވީރް ޕްރަޝާދާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ހޮނު އެޅުމުގެ ސަބަބުން މަރުވި އެކަކީ އުމުރުން 15 އަހަރުގެ މުހައްމަދު އުސްމާން ނަމަކަށްކިޔާ ކުއްޖެއްކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ ގަޔަށް ހޮނުއެޅީ ވިއްސާރަ ބޯކަމުން ގެ ރަނގަޅަށް ހިޔާނުވާތީ ފުރާޅު މަތީގައި އުޅެނިކޮށް ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާގޮތުގައި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި 39 މީހަކު ހޮނު އެޅުމުގެ ސަބަބުން މަރުވެފައިވެއެވެ. މޫސުމީ ވިއްސާރައިގާ އުއްތަރު ޕްރަދޭޝްއަށް ހޮނުއެޅުމަކީ އާންމުކަމެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ހޮނު އެޅުން ޖޫން މަހުން ސެޕްޓެމްބަރުގެ ނިޔަލަށް ދެމިގެންދާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް