ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާ 40 ދައުވާއަށް އޭނާ މިއަދު އިއުތިރާފުވެއްޖެއެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލީ އޮރިޔާން ކާޑުގެ 40 ކާޑު އުފެއްދިކަމުގެ 40 ދައުވާއެވެ. މި ދައުވާތަކުގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައިވާއިރު އެ 40 ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.
މި 40 ދައުވާއަށް އޭނާ އިއުތިރާފުވެފައިވާއިރު އެއް ޖިންސުން ގުޅުން ހިން މައްސަލައިގާ އޭނާގެ މައްޗަށް ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
މިއަދު ކުރިއަށްގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި އެ ދައުވާތަކަށް އަލްމްގީރު އިއުތިރާފުވުމުން ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް