ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި ސައިން ލެންގުއޭޖް ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތް މޯލްޑިވްސް ޑެފް އެސޯސިއޭޝަނުން ފަށައިފި އެވެ.
ބީއެމްއެލްއިން މި އެހީ ފޯރުކޮށްދީފައިވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖްސް" އާ ގުޅިގެންނެވެ.
މި މަސައްކަތަށް ބީއެމްއެލްއިން ފޯރުކޮށްދިނީ މާލީ އެހީތެރި ކަމެވެ.
މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން ސެޝަންއެއްވެސް މިއަދު ވަނީ ބާއްވާފައެވެ.
ބީއެމްއެލް އިން 2020 ވަނަ އަހަރުވެސް ވަނީ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިންގ ސެޝަން އެއް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް