އިންޑިއަން ހެރާލްޑްގައި މިއަދުގެ އަދަދުގައި ބޮޑު ސުރުހީގައި ލިޔެފައިވަނީ މިހެންނެވެ. "މަލާބާރުގެ ރީތި ކަނބަލަކު ރާއްޖޭގައި" ކަމަށެވެ.
އެ ނޫހުގައި ރީތި ކަނބަލެއްކަމަށް ބުނެފައިއެވަނީ ސައުތު އިންޑިއަން ފިލްމީ ތަރި އަމަލާ ޕައުލް އަށެވެ. އޭނާ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަމަލާ ޕައުލް އަކީ ސައުތު އިންޑިއަން ފިލްމުތަކުން މިހާރު ވަރަށް މަސްހޫރުކަން ހޯދަމުން އަންނަ ތަރިއެކެވެ.
އިންޑިއަން ހެރާލްޑްގައި ފާހަގަކޮށްފައިވާގޮތުގައި ސައުތު އިންޑިއަން ފިލްމް އިންޑަސްޓްރީގެ އެންމެ ރީތި ތަރިން ނިސްބަތްވަނީ މަލާބާރް ކޯސްޓަށެވެ. މިއީ ކެރަލާ ކަރްނާޓަކާ ހިމެނޭ ސަރަހައްދެވެ.
އަމަލާ ޕައުލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ އަންނަނީ ރާއްޖޭގައި ނަގާ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ދޫކުރަމުންނެވެ. އަމަލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް އިރުވެލީގައެވެ. އޭނާ ރާއްޖެ އައީ މީގެ ހަތްވަރަކަށް ދުވަސް ކުރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް