ކުރިޔަށް އޮތް ބޮލީވުޑްގެ ކައިވެންޏަކީ އަލީ ފަޒަލް އާއި ރިޗާ ޗައްދާގެ ކައިވެންޏެވެ.
އަންނަ މަހު ހަތަރެއްގައި ކުރެވޭ މި ކައިވެނީގެ ރަސްމިއްޔާތުތަކާއި ދެމީހުންގެ ވާހަތައް މިހާރު ދަނީ މީޑިއާގައި ތިލަވަމުންނެވެ.
އެންމެ ފަހުން ހާމަވި ގިނަ ބަޔަކު ގަޔާވި ވާހަކަ އަކީ އެ ކައިވެނީގައި ބޭނުން ވަރަކަށް ފޮޓޯ ނެގޭ ވާހަކަ އެވެ. އެ ދެމީހުން ނިންމާފައިވަނީ ކައިވެންޏަށް ދައުވަތުދޭ މެހެމާނުންނަށް ވީހާވެސް އުނދަގޫ ނުވާނެ ގޮތަށް ފަސޭހަކޮށް އުޅެވޭނެ ގޮތެއް ހަމަޖެއްސުމަށެވެ.
ކައިވެނީގެ ރަސްމިއްޔާތުތަކަށް ދާ މީހުން ފޯނު ބޭނުންކޮށް ފޮޓޯ ނަގާ ހެދުން ހުއްދަ އޮތް ނަމަވެސް ވީހާވެސް މަދުން ކުރުމަށް އެދިފައިވެ އެވެ. އެއީ ކައިވެނީގެ ރަސްމިއްޔާތުތަކަށް ސަމާލުކަން ދިނުމާއި އެންމެންގެ ބައިވެރިވުން އިތުރު ކުރުމަށެވެ.
ފޮޓޯ ނެގުމުގެ ހުއްދަ އޮންނަ ވާހަކަ އެމީހުންގެ ކައިވެނީގެ ކާޑުގައިވެސް ޖަހާފައިވެ އެވެ.
މި ފަހުން ބޮލީވުޑް ތަރިން ބާއްވާ ކައިވެނި ހަފްލާތަކަށް ފޯނު ވެއްދުން ނުވަތަ ފޯނުން ކެމެރާކޮށް ވީޑިއޯ ކުރުން އޮންނަނީ މަނާކޮށްފަ އެވެ. ފޯނު ވެއްދުނަސް ކެމެރާކޮށް ވީޑިއޯ ކުރުން މަނާ ކައިވެނިތަކަށް މީހުން ވެއްދީ ފޯނު ކެމެރާގައި ޕެޗު އަޅާފަ އެވެ.
މިކަމާއި އާންމުންނަށް އެ ޕާޓީތަކަށް ދައުވަތުދީގެންދާ މީހުންވެސް ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައިވެ އެވެ.
އެފަދަ ކައިވެނި ހަފްލާތައް ބޭއްވި ތަރިންގެ ތެރޭގައި ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަން، ރަންބީރު ކަޕޫރާއި އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް، ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ އަދި ވަރުން ދަވަން އާއި ނަތާޝާ ދަލާލް ހިމެނެ އެވެ.
ފަޒަލް އާއި ރިޗާ ދިމާވީ 2012 ވަނަ އެކުގައި ކުޅުނު ފިލްމު "ފުކްރޭ" އިންނެވެ. މިދެ ތަރިން ކުރިން ކައިވެނި ކުރަން ހަމަޖައްސާފައި އޮތީ 2020 ވަނަ އަހަރު އެވެ. ކައިވެނި ފަސްކުރީ ކޯވިޑް ޕެންޑަމިކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް