މިހާރު ކުރިޔަށްދާ ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން އަތޮޅު ތެރޭގެ ބޯހިމެނުމުގެ99 ޕަސެންޓު މަސައްކަތް ނިންމާލައިފި އެވެ.
ބޯހިމެނުމުގެ މަސައްކަތް ފެށީ މިމަހުގެ13 ވަނަ ދުވަހު އެވެ. މިމާދަމާގެ ނިޔަލަށް ނިންމަން ކަނޑައެޅި މި މަސައްކަތް މާލެ އާއި ހުޅުމާލޭގައި މިމަހުގެ27 ގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސގެް ސްޓެޓިސްޓިކަލް އޮފިސަރު ހުދާ ހަލީމް ވިދާޅުވީ އަތޮޅު ތެރޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. މިމަސައްކަތް ކާމިޔާބު ކަމާއި އެކު ނިންމާލެވެނީ ކައުންސިލާއި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެކު އެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިޔަށް ދަނީ މައުލޫމާތުތައް އެންޓާ ކުރި ޓެބްލެޓުތައް މާލެ ގެނެސް މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކަމަށް ކަމަށެވެ.
އެ އިދާރާއިން ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް ރޭގައިވެސް ބުނެފައިވަނީ މާލެ އާއި ހުޅުމާލޭގައި ބޯހިމެނުމަށް މައުލޫމާތު އެއްކުރަން ވަރަށް ބޮޑަށް ދަތި ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ ކުރިޔަށް އޮތް ހަތަރު ދުވަހުން އެ މަސައްކަތް ނިމޭތޯ ކަމަށް މައުލޫމާތުދެ އެވެ.
އެ ޕްރޮގްރާމްގައި ހުދާ ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
ބޯހިމެނުމުގެ ބޭނުމަކީ ރާއްޖޭގެ އާބާދީ އަށް އައިސްފައިވާ ބަދަލުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ދެނެގަތުމެވެ. ބޯހިމެނުމަށް ތެދު މައުލޫމާތު ދިނުމަކީ ތަފާސްހިސާބުގެ ގާނޫނުގައި އެންމެނަށް ލާޒިމްކުރާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް