"އިންޓަރނޭޝަނަލް މެރިޓައިމް ވީކް" ފާހަގަކުރުމަށް އެމްއެންޑީއެފް އިން ހުޅުމާލެ ފަޅު ސާފުކޮށްފި އެވެ.
މި ހަރަކާތް ހިންގާފައިވަނީ ކޯސްޓްގާޑާއި މާލޭ އޭރިއާ ކޮމާންޑުން ނެވެ.
މިއަދު ހެނދުނު ފެށި މި ސާފުކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެމްޑީއެފް މާލޭ އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.
މި ގޮތުން މިހަރަކާތުގައި ހުޅުމާލޭ ހުޅަނގު ފަރާތު ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަޙައްދުތައް ވަނީ ސާފުކޮށްފައެވެ. އަދި، މި ހަރަކާތުގައި، އެ ސަރަހައްދުތަކުން ސިފައިން ވަނީ، 300 އަށް ވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކާއި ކުނި ނަގައި ސާފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް