މ. މުލަކުގައި މަަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގަިއ ރޭގައި ރީކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުލަކު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ކަމަށް ބުނާ މައްސަލައެއް ހުށަހެޅީ ރޭ ފަތިހު 4:30 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ސައިކަލުގައި ރޯކޮށްލާފައިވަނީ ގެއެއްގެ ބޭރު ދޮރު ކައިރީ ޕާކުކޮށްފައި ހުއްޓަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި ސައިކަލު އޮތީ އެއްކޮށް އަނދައި، އަޅިއަށް ވެފަ އެވެ.
ފުލުހުން ބުނީ އެ ގެއަކީ ފުލުސް މީހާ ދިރިއުޅޭ ގެ ކަމަށެވެ.
ސައިކަލުގަިއ ރޯކޮށްލަން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް