"ބްރަހްމަސްތްރާ" ގެ ދެވަނަ ބައިން މޯނީ ފެންނާނެކަން އެނގެނީ އޭނާއަކަށް ނޫން!

މި މަހު ރިލީޒް ކުރި ފިލްމު "ބްރަހްމަސްތްރާ" ގެ ކާމިޔާބާއި އެކު އޭގެ ދެ ވަނަ ބައެއް އުފައްދާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ. އަޔާން މުކަރުޖީ ޑައިރެކްޓަރު ކުރި ފިލްމު ނިންމައި ރިލީޒް ކުރެވުނީ ފަސް އަހަ...

24 Sep 2022 | 06:35

މި މަހު ރިލީޒް ކުރި ފިލްމު "ބްރަހްމަސްތްރާ" ގެ ކާމިޔާބާއި އެކު އޭގެ ދެ ވަނަ ބައެއް އުފައްދާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ.

އަޔާން މުކަރުޖީ ޑައިރެކްޓަރު ކުރި ފިލްމު ނިންމައި ރިލީޒް ކުރެވުނީ ފަސް އަހަރުގެ މަސައްކަތުންނެވެ. މި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނިކޮށް ފެންނަމުން ދިޔަ ނަމަވެސް ފިލްމަށް ލިބޭ ދެކޮޅު ކޮމެންޓުތައް މަދެއް ނޫނެވެ.

ފިލްމުގެ ޕްރޮމޯޝަންގައި މުޅިންވެސް އާންމުންނަށް ފެނިގެން ދިޔައީ އޭގެ ލީޑް ރޯލުން ފެނިގެންދާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދެމަފިރިންނެވެ. އެކަމަކު ފިލްމުގައި މޮޅު އެކްޓިންއެއް ދެއްކުނީ އޭގެ ރޯލެއް ކުޅެފައިވަނީ މޯނީ ރޯއީއަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަޔާން ދެވަނަ ފިލްމު އިއުލާނު ކުރި އިރު ލީޑް އެކްޓަރުންގެ ގޮތުގައި ހާމަކޮށްފައިވަނީ ރަންބީރާއި އާލިއާގެ ނަމެވެ. އެކަމަކު ދެ ވަނަ ފިލްމު މޯނީ އާއި ނުލާ ފުރިހަމަ ވާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލު ނުކުރާކަމަށް ވެ އެވެ.

އެކަމާއި ގުޅޭގޮތުން މޯނީ އާއި ސުވާލު ކުރުމުން އޭނާ ބުނީ އެފަދަ ހުށަހެޅުމެއް އަދި ނެތް ކަމަށެވެ. އަދި "ބްރަހަމަސްތްރާގައި އޭނާ ހިމެނުމާއި މެދު އަމިއްލައަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.

އެކަމަކު އެފަދަ ހުށަހެޅުމެއް ލިބިއްޖެ ނަމަ ބައިވެރިވާނެތޯ ނުވަތަ ނޫންތޯ ކުރި ސުވާލަކަށް ޖަވާބެއް ނުދެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފިލްމުގެ ޕްރޮމޯޝަންގައި އޭނާ ބާކީކޮށްލުމުން ކޮންމެސް ވަރަށް މޯނީ ހުރީ ދެރަވެފަ އެވެ.

ޖުނޫންގެ ނަމުގައި އެ ފިލްމުގައި މޯނީގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދައްކާލާފައިވެ އެވެ. އެ ފިލްމަށް އޭނާއަށް ފުރުސަތު ލިބުނީ "ނާގިން" ގައި އޭނާ ކުޅެފައިވާ ރޯލު އަޔާން އަށް ފެނިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އާލިއާ އާއި ރަންބީރު ދެވަނަ ބައިން ފެނުން ޔަގީން ކުރުމަށް ވުރެ ގިނަ މީހުން އެދެނީ "ބްރަހަމަސްތްރާ" ގެ ދެވަނަ ބައިން މޯނީ ފެންނާނެކަން ޔަގީން ކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް