ރަސްމީ ތަޢުލީމު ޕްރޮގްރާމަކާ ނުލާ ގިނަ ދުވަހު ވަޒީފާގައި އުޅެފައިވާ ފަރާތްތަކަށް ސެޓިފިކެޓް ދެނީ

ވަޒީފާގައި ވަކި މުއްދަތަކަށް ދެމިތިބޭ ފަރާތްތަކަށް ރަސްމީ ތަޢުލީމީ ޕްރޮގްރާމެއްގައި ބައިވެރި ނުވިނަމަވެސް ސެޓިފިކެޓެއް ލިބޭނޭ އުސޫލެއް ކަނޑައަޅައިފި އެވެ. މިކަން ހާމަކުރެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސް...

24 Sep 2021 | 18:34

ވަޒީފާގައި ވަކި މުއްދަތަކަށް ދެމިތިބޭ ފަރާތްތަކަށް ރަސްމީ ތަޢުލީމީ ޕްރޮގްރާމެއްގައި ބައިވެރި ނުވިނަމަވެސް ސެޓިފިކެޓެއް ލިބޭނޭ އުސޫލެއް ކަނޑައަޅައިފި އެވެ.

މިކަން ހާމަކުރެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ.

އޭނާ ވިދާޅުވީ  ވަޒީފާގައި ވަކި މުއްދަތެއް ވަންދެން ދެމިތިބޭ މުވައްޒަފުންނަށް ރަސްމީ ތަޢުލީމީ ޕްރޮގްރާމެއްގައި ބައިވެރިނުވެ، ސެޓިފިކެޓެއް ލިބޭނޭ އުސޫލެއް ހެދިފައިވާ ކަމަށެވެ. އަދި އެއީ ޓްރޭޑް ޓެސްޓިންގ ސެޓިފިކެޓެއް ކަމަށެވެ.

އެގޮތުން އެ މުވައްޒަފުންގެ ހުނަރު ހުރިކަން ސާބިތުކޮށް ދިނުމަށްޓަކައި ފުރުސަތު ދެވޭނެ ކަމަށާއި ހުނަރު ހުރި މިންވަރަށް ބަލައި ސެޓިފިކެޓް ދެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެކަން ކުރާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް އޮތޯރިޓީން ގަަބޫލުކުރާ ފެންވަރެއްގެ އެސެސްމެންޓް ސެންޓަރުތައް މެދުވެރިކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް