އެސްޓީއޯ އިންޓަރ ހައުސް ވޮލީ ބޯޅަ މުބާރާތް ފަށައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އިންޓަރ ހައުސް ވޮލީ ބޯޅަ މުބާރާތް ފަށައިފި އެވެ. އެ މުބާރާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރު އެވެ. އެސްޓީއޯ ...

24 Sep 2021 | 18:23

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އިންޓަރ ހައުސް ވޮލީ ބޯޅަ މުބާރާތް ފަށައިފި އެވެ.

އެ މުބާރާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރު އެވެ.

އެސްޓީއޯ ރިކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގައި 18 ޓީމުން 252 މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ މިއީ އެސްޓީއޯ މުޅި އާއިލާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަގުޅުން މިހާރަށް ވުރެވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

އެސްޓީއޯ މުވައްޒަފުންގެ މެދުގައި މިފަދަ ގިނަ ހަރަކާތްތަކެއް ބާއްވަމުން އައިނަމަވެސް ކޯވިޑުގެ ސަބަބުން އެ ހަރާތްތައް ވަނީ މެދުކަނޑާލާފަ އެވެ.

އެެހެންނަމަވެސް ކޯވިޑުގެ ހާލަތު ރަނގަޅުވަމުން އަންނާތީ އަދި ކޭސްތައް ވެސް ފެންނަމުންދާ އަދަދުތައް މަދުވާން ފެށުމުން އެ ކުލަބުގެ ހަރަކާތްތައް އަލުން ފަށާފައި ވަނީ މިދިޔަ މަހު ހައުސްތަކުގެ މެދުގައި ބޭއްވި ފޯރިގަދަ މަސް ބޭނުމުގެ މުބާރާތަކުން ނެވެ.

https://twitter.com/stoplc/status/1441061217481625602

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް