ފްރެންޗް ލީގު: ހޮނިހިރު ދުވަހު މޮންޓްޕެލިއާއި ދެކޮޅަށް ވެސް މެސީއަށް ނުކުޅެވޭނެ

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހު މޮންޓްޕެލިއާއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީއަށް ނުކުޅެވޭނެ ކަން ކަޝަވަރުވެއްޖެއެވެ. މިކަމާއި ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިގެން ދ...

24 Sep 2021 | 18:13

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހު މޮންޓްޕެލިއާއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީއަށް ނުކުޅެވޭނެ ކަން ކަޝަވަރުވެއްޖެއެވެ.

މިކަމާއި ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިގެން ދިޔަ ހަފްތާގައި ލިޔޮންއާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި މެސީގެ ވާތު ކަކުލަށް ލިބުނު އަނިޔާ މުޅިން ރަނގަޅު ނުވާތީ  މޮންޓްޕެލިއާއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

މެސީގެ ވާއަތު ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މެސީއަށް ލިބުނު މި އަނިޔާ އެހާ ސީރިއަސް ނޫންކަމަށެވެ. ނަމަވެސް ބަލަންޖެހޭ އިތުރު ކަންކަން ހުރުމުން، އެ އަނިޔާ އެއްކޮށް ރަނގަޅު ނުވާތީ ލީގުގައި ދެން މޮންޓްޕެލިއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމަށެވެ.

މެސީގެ އަނިޔާއާއި ގުޅޭ އިތުރު ޓެސްޓުތަކެއް މިހާރު ހަދަމުން އަންނަކަމަށާއި މި ޓެސްޓުތަކަށް ފަހުގައި މެސީއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނޭ ދުވަހެއް އެނގޭނެކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މެސީގެ މި އަނިޔާއާއި ގުޅިގެން އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައިވެސް މެސީއަށް ކުޅެވިދާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

މިދިޔަ އާދިއްތަ ދުވަހު ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ކަކުލަށް ލިބުނު މި އަނިޔާއާއި ގުޅިގެން ރޭ ފްރެންޗް ލީގުގައި މެޒްއާއި ދެކޮޅަށް ވެސް މެސީ ކުޅެފައެއް ނުވެއެވެ.

21 އަހަރު ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށް ފަހު ފްރާންސްގެ ޕީއެސްޖީއަށް މެސީ ބަދަލުވީ ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައެވެ. މެސީ ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާގެ ދަށުންނެވެ.

ޕީއެސްޖީއަށް ބަދަލުވި ފަހުން މިހާތަނަށް މެސީ ވަނީ އެ ކުލަބާއި އެކު ދެ މެޗެއް ކުޅެފައެވެ. މި ދެމެޗުގައި ވެސް މެސީ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް