ދިވެހި ގައުމު ކުރިއެރުވުމަށްޓަކައި މީހުން ބިނާކުރުމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް: ގާސިމް

ދިވެހި ގައުމު ކުރިއެރުވުމަށްޓަކައި މީހުން ބިނާކުރުމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށް ވިލާގެ ފައުންޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހ...

24 Sep 2021 | 18:06

ދިވެހި ގައުމު ކުރިއެރުވުމަށްޓަކައި މީހުން ބިނާކުރުމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށް ވިލާގެ ފައުންޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ނެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖެ ކުރިއެރުވުމަށްޓަކައި މީހުން ބިނާ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

"ތަހުޒީބު މުޖުތަމައު އަކާއި އުފާފާގަތި އާއިލާތަކެއް ބިނާކުރުމަށާއި، މުއައްސަސާތަކާއި ވިޔަފާރިތައް ކުރިއަރުވަން އެދޭނަމަ، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް އިތުރުކުރަންވީ މީހުން ބިނާކުރުމަށް ކުރާ ހޭދަ." ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ދިވެހި ގައުމު ކުރިއެރުވުމަށްޓަކައި މީހުން ބިނާކުރުމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށާއި އޭގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް