ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ރާއްޖެ އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މޫސުން ގޯސްވެ ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް (ސަމާލު އެލާޓް) ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓް ނެރެފައިވަނީ މިރޭގެ މެންދަމު...

24 Sep 2021 | 17:55

ރާއްޖެ އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މޫސުން ގޯސްވެ ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް (ސަމާލު އެލާޓް) ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓް ނެރެފައިވަނީ މިރޭގެ މެންދަމު 03:30 އާ ހަމައަށެވެ.

މެޓް އޮފީހުން ހާމަ ކުރިގޮތުގައި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް