ނޮޅިވަރަމް އިންޖީނަށް މައްސަލަ ދިމާވެ، ކަރަންޓު ކެނޑިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރަނީ 648 ކިލޯ ވޯޓުގެ އިންޖީނެކެވެ. އަދި އެ އިންޖީނަށް މި މައްސަލަ ދިމާވީ ކުއްލިއަކަށް މިރެއެވެ.
މި މައްސަލަ ޙައްލުކުރުމަށް ތަނުގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ނޮޅިވަރަމް ބްރާންޗުން ބުންޏެވެ. އަދި ދިމާވި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.
މިދަނޑިވަޅުގައި ހުރިހައި ރައްޔިތުން ވެސް މިކަމުގައި އެއްބާރުލުން ދެއްވާ އޭ.ސީ ފަދަ ކަރަންޓު ގިނައިން ބޭނުންވާ ތަކެތި ނިއްވާލައި ކަރަންޓު ބޭނުންކުރެވޭ މިންވަރު ދަށްކޮށްދިނުމަށް ވެސް ފެނަކަ ނޮޅިވަރަމް ބްރާންޗުން ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް