ބޭނުންވަނީ އައު ޓެކްނޮލޮޖީގެ ސަބަބުން ސްޓޭލްކޯއަށްވެސް ލިބެންޖެހޭ ލުއި ފަސޭހަތައް ލިބިގަތުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޓެކްނޮލޮޖީއަށް ކުރަންޖެހޭ އިންވެސްޓަމަންޓްތަކަކީ ކުރަންޖެހޭ ބޮޑެތި ހޭދަތަކެއް ކަމުގައިވިނަމަވެސް، އެ ކުންފުނިން އިސްކަން ދެމުންދަނީ، މިގޮތުން ކުރަންޖެހޭ އިންވެސްޓްމަންތަކަށް އިސްކަންދިނުމަށް ކަމަށެވެ.
"ގްރިޑް ސްމާރޓް ގްރިޑަކަށް ބަދަލު ކުރެވި ގްރިޑުން އަންނަ މައުލޫމާތުތައް ސްޓެލްކޯގެ އިންޖިނިއަރުންނާ ހަމައަށް ލިބިގެން ދިއުމުން މައްސަލަތައް ކުރިމަތިވުމުގެ ކުރިން ސަލާމަތީ ގޮތުންނާއި މައްސަލަތައް ހައްލުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުމުގެ ފުރުސަތު ލިބިގެންދާނެ." މުޣުނީ ވިދާޅުވި އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުޣުނީ އިތުރަށް ވިދާޅުވީ ސްޓެލްކޯ މިހާރު ބަދަލުވެގެން ދަނީ ޓެކްނޮލޮޖީ ޑިޕެންޑެންޓް އަދި ޓެކްނޮލޮޖީއާއި އެއްކޮށް ކުރިޔަށްދާ ކުންފުންނަކަށް ކަމަށެވެ. އަދި އެކި ދާއިރާތާކުން ހޯދެންހުރި އައު ޓެކްނޮލޮޖީތައް އަބަދު ވެސް ސްޓެލްކޯއިން ހޯދާ ބަލަމުންދާ ކަމަށެވެ.
"މިހާރު މުޅި ދުނިޔެވެސް އޮޕަރޭޓް ކުރަމުންދަނީ ޓެކްނޮލޖީގެ އެހީގަ. މިގޮތުން ސްޓެލްކޯގެ ހުރިހާ ސިސްޓަމެއް ވެސް ކުރިޔަށް ގެންދަނީ އަދި އަޕްގްރޭޑް ކުރަމުންދަނީ ވެސް ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން." މުޢުނީ ވިދާޅުވި އެވެ.
މިގޮތުން ސްޓެލްކޯގެ ގްރިޑް ސްމާޓް ގުރިޑަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ މިހާރުގެ އަމާޒަކީ، ގްރިޑް ސްމާރޓް ގްރިޑަކަށް ބަދަލުކުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ނިމާލުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް