މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކުގެ ފޭސްބުކް އެކައުންޓުގައި ފިރިހެން ދަރިފުޅު، ފާރިގް ޒާކިރާއި ކައިވެނި ކުރާނެ މީހަކު ހޯދަމުން އަންނަ ކަމަށް ހިއްސާކޮށްފި އެވެ.
އެޕޯސްޓުގައި ޒާކިރު ވަނީ ފާރިގް އާއި އިންނަން ބޭނުންވާ އަންހެންކުއްޖާގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ކަނޑައަޅާފަ އެވެ.
އެގޮތުން ލާޒިމް ޝަރުތުތަކުގެ ތެރޭގައި އަންހެންކުއްޖާ އަކީ ޤުރުޢާން ހިތުދަސް ކުއްޖެއްކަމުގައި ވާން ޖެހެ އެވެ.
ހަމަ އެހެންމެ ހުރިހާ ހަރާމް ކަމަކުން ދުރުވެފައިވާ އަހުލާޤު ރަނގަޅު އަންހެނެއް ކަމުގައި ވާން ޖެހޭ އިރު، އިނގިރޭސިން ވާހަކަދައްކަން އެނގޭ ލިޔަން ކިޔަން ދަންނަ އަންހެނެއް ކަމުގައި ވާންޖެހޭނެ ކަމުގައި ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން މެލޭޝިޔާ އަށް ދިރިއުޅުން ބަދަލު ކުރެވޭނެ ހާލަތެއްގައި ހުރި އަންހެނަކަށް ވާންޖެހެއެވެ. ދިރިއުޅުމުގެ ކަންކަން ﷲ ގެ ވަޖްހުފުޅު އަދައިގެން ޤުރުބާން ކުރެވޭނެ މީހެއްކަމުގައި ވުންވެސް މި ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޝަރުތުތަކުގެ އިތުރުން ޒާކިރު ވަނީ އޭނާގެ ފިރިހެން ދަރިފުޅުގެ އަމިއްލަ މަޢުލޫމާތާއި ހޯދާފައިވާ ކާމިޔާބީތަކާއި ތަޢުލީމީ ސެޓިފިކެޓް ތައް ވެސް ހިއްސާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް