ފާއިތުވި ި24 ގަޑި އިރު ރާއްޖެއިން 61 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މީގެ ތެރޭގައި ހިމެނެނީ މާލެއިން 29 މީހުންނާއި އަތޮޅުތަކުން 24 މީހުން އަދި ރިސޯޓުތަކުން 8 މީހުން ނެވެ.
މި އަދަދާއެކު ރާއްޖެއިން 84،164 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި މި ބައްޔަށް ފަރުވާކޮށް 82،309 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 3،674 ސާމްޕަލް ވަނީ ނަގާފަ އެވެ. އަދި 16 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، 230 މީހުން ވަނީ ކޮވިޑު ބަލީގައި ރާއްޖެއިން މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް