ބަނގުރޫޓުވުމުން ސަލާމަތްވެ އެފްރިކާގެ ޤައުމީ އެއަރލައިން (އެސްއެސްއޭ) އިން އުދުހުންތައް ފަށައިފި އެވެ.
މިދިޔަ އަހަރުގެ މާރޗް މަހަށް ފަހު، އަލުން ދަތުރުތައް ފަށާފައިވާ އިރު، މީގެ ކުރިން 46 ބޯޓު ދުއްވި މި އެއަރލައިނުގައި މިހާރު ދުއްވަނީ އެންމެ 6 ބޯޓެވެ.
މި 6 ބޯޓާ އެކު ޖޮހަނަސްބާރގުން ކޭޕް ޓައުން އަށް ކުރި ފުރަތަމަ ދަތުރުގައި ވަނީ ފަސިންޖަރުންނަށް ހޫނު މަރުހަބާ އެއް ކިޔާފަ އެވެ.
މި އެއަރ ލައިން ބަނގުރޫޓުވާން މެދުވެރިވި ސަބަބު ދެނެގަތުމަށް މައްސަލަތައް ބެލި ބެލުމުން އެނގުނު ގޮތުގައި 30 މިލިއަން ޑޮލަރުގެ ޚިޔާނަތެއް ވަނީ މި ކުންފުނީގެ ތެރޭގައި ހިނގާފަ އެވެ.
އެއަރލައިންގެ ދަރަނި އަދާ ކުރުމަށް 500 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ޢަދަދަކަށް ސަރުކާރުން އެހީވުމުން ވެސް ބަނގުރޫޓުވުމުން ސަލާމަތްވެވުނީ 100 އަށްވުރެ ގިނަ ވަޒީފާ މަދުކޮށްގެން ނެވެ.
އެ އެއަރލައިނުން ނިންމާފައިވަނީ އެތެރޭގެ އުދުހުންތަކުގެ އިތުރުން އަންނަ ހަފްތާގައި އަކްރާ، ކިންޝާސާ، ލުސާކާ، ހުރާރޭ އަދި މަޕޫޓޯއަށް ވެސް ސަރަޙައްދީ ދަތުރުތައް ފެށުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް