އެމްއާރްއެމްގެ ބައެއް މަގާމުތަކަށް ވޯޓަކާއިނުލާ ބޭފުޅުން ހޮވިއްޖެ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ބައެއް މަގާމުތަކަށް ވޯޓަކާއިނުލާ ބޭފުޅުން ހޮވިއްޖެ އެވެ. އެގޮތުން އެމްއާރުއެމްގެ އިންތިޚާބުގައި ވޯޓަކާއި ނުލައި ހޮވުނު މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމ...

24 Sep 2021 | 15:32

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ބައެއް މަގާމުތަކަށް ވޯޓަކާއިނުލާ ބޭފުޅުން ހޮވިއްޖެ އެވެ.

އެގޮތުން އެމްއާރުއެމްގެ އިންތިޚާބުގައި ވޯޓަކާއި ނުލައި ހޮވުނު މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމްގެ މަޤާމަށް ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އެޕާޓީގެ ރައީސް ކަމަށް ފާރިސް މައުމޫން އަދި އަންހެން މެމްބަރުންގެ ތެރެއިން ނާއިބް ރައީސްކަމަށް ޚާއްސަކުރި މަޤާމަށް ނާދިރާ ވަނީ ހޮވިފަ އެވެ.

މީގެ އިތުރުން ވެސް މިމަޤާމުތަކުގެ ތެރެއިން މުހިންމު ގިނަ މަޤާމުތަކަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ. އެހެންވެ އެފަދަ 12 މަޤާމަކަށް މެމްބަރުން ވަނީ ވޯޓަކާއި ނުލައި ވަނީ ހޮވިފަ އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރުއެމްގެ ޤައުމީ ޖަލްސާގައި 16 މަޤާމަށް ވަނީ ހުޅުވާލާފަ އެވެ. އަދި އެ މަގާމުތަކަށް 72 ބޭފުޅަކު ވާދަކޮށްކޮށްފައިވެ އެވެ.

މި އިންތިޚާބުގައި ވޯޓަކުން ކަނޑައަޅަންޖެހޭ 4 މަޤާމަކީ ނާއިބް ރައީސް، އެގްޒެކެޓިވް ކޮމެޓީގެ ފިރިހެން މެމްބަރ، ޒުވާނުންގެ ކައުންސިލަށް އަންހެނުންގެ ތެރެއިންނާއި ފިރިހެނުންގެ ތެރެއިން އިންތިޚާބު ކުރަންޖޭ މެމްބަރުން ނެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގަ އެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެން ނެވެ.

އެމްއާރުއެމް އިން ބުނީ އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްވެފައިވަނީ ކޯވިޑާއި ގުޅިގެން ކަމަށެވެ.

އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް