ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބާއްވަން ތާވަލުކުރި "ބޮޑު ޖަލްސާ" ކެންސަލް ކޮށްފި އެވެ.
އެ ކޯލިޝަނުން ބުނީ "މިނިވަންކަމުގެ ދިފާއުގައި" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަން ތާވަލު ކުރި ބޮދު ޖަލްސާ ކެންސަލްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ޖަލްސާ އަލުން ބާއްވާނެ ތާރީޚެއް ވަަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ.
އެ ކޯލިޝަނުން ކުރިން ބުނެފައިވަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިންތިޒާމު ކުރި ޖަލްސާ އަކީ ގައުމީ ކެމްޕެއިނެއް ކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ވެސް ވަނީ ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވާފަ އެވެ. އަދި އެ ޖަލްސާއަށް ވަނީ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް