ދުނިޔެ މިއޮތީ ކުރިއެރުމެއް ނުވާ މިސްރާބަކަށް: ގުޓެރޭސް

ތިމާވެއްޓަށްލިބޭ ގެއްލުމުގެ ރަނގަބީލުގެ އަޑު އިންތިހާއަށް ގަދަވެފައިވާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ޖައްވާއި ތިމާވެށި ހިމާޔަތް ...

24 Sep 2021 | 15:02

ތިމާވެއްޓަށްލިބޭ ގެއްލުމުގެ ރަނގަބީލުގެ އަޑު އިންތިހާއަށް ގަދަވެފައިވާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ޖައްވާއި ތިމާވެށި ހިމާޔަތް ކުރުމައްޓަކައި ދުނިޔޭގެ ސިޔާސީ ވެރިން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ެވެ.

ނިއު ޔޯކް ގައި ބޭއްވި އ.ދ. ގެ ޖެނެރަލް އެސެންބްލީގައި އޭނާ ވިދާޅުވީ އަހަރެމެން ބޭނުންވާ މަންޒިލަށް ވާސިލްވެވޭނެ ދުވަހެއް ބުނަންވެސް ނޭނގޭނެ ކަމަށެވެ.

ދުނިޔޭގެ ގިނަ ސިޔާސީވެރިން އެއްތަން ވާނެ މި ކޮންފެރެންސަށް ނިސްބަތްކޮށް ގުޓިއެރެސް ވިދާޅުވީ މިހާރު މިކަމާއި މެދު ސީރިއަސްވެ އަވަސް ފިޔަވަޅުތަކެއް އަޅަންވެފައިވާ ކަމަށެވެ.

އަލިމަގެއް ފެންނަ ކަމުގެ ނިޝާން ދައްކަމުން އެމެރިކާގެ ތިމާވެށިގެ ކަންކަމުގައި ކަނޑައަޅައިފައިވާ ސަފީރު ވިދާޅުވެފައިވަނީ ފެށެން އެ ކޮންފެރެންސްގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ޚާއްސަކޮށް 100 ބިލިއަން ޑޮލަރުގެ އެހީ ހުރިހާ ސިޔާސީ ލީޑަރުންގެ ފަރާތުން ހަމަކޮށްދެވޭނެ ކަމަށެވެ.

އ.ދ. ގެ ތިމާވެށީގެ ކޮންފެރެންސް ކުރިޔަށްދަނީ ސްކޮޓްލޭންޑްގެ ގްލާސްގޯ ގައި އޮކްޓޯބަރ 31 ފެށިގެން ދެހަފްތާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް