މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.
ފެން ބޮޑުވުމުގެ ސަބަބުން މިހާރު ސިފައިން ދަނީ މަގުތަކުގައި ފެން ހިއްކުމުގައި ހަރަކާތް ތެރިވަމުން ނެވެ.
މެޓް އޮފީހުން ވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ވެސް ނެރެފަ އެވެ.
އެ ސަމާލުގައި ބުނެފައިވަނީ އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް ބުނެފައިވެ އެވެ.
https://twitter.com/MNDF_Official/status/1441380091464863746
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް